ވޯޓުލާ މަރުކަޒެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ - ފޮޓޯ: ފެށުން.ކޮމް

އިންތިޚާބާއި ގުޅިގެން 21 ޝަކުވާ، ޖަވާބު ދެވުނީ 2 ޝަކުވާއަށް!

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން 21 ޝަކުވާ ހުށަހެޅިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރައްވާފައިވަނީ، އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މި އިންތިޚާބާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅިފައިވަނީ ޖުމްލަ 21 ޝަކުވާ ކަމަށާއި، އޭގެ ތެރޭގައި ރީ-ރެޖިސްޓަޜޭޝަނާ ގުޅުންހުރި 15 ޝަކުވާއެއ ހިމެނޭ ކަމަށެވެ. ބާކީ 6 ޝަކުވާގެ ތެރޭގައި ހިމެނެނީ ވޯޓްލީ މަރުކަޒުގައި ހިނގާފައިވާ ކަންކަމާ ގުޅިގެން ހުށަހަޅާފައިވާ 4 ޝަކުވާއަކާއި، ރިޝްވަތު ދިނުމާ ގުޅުންހުރި 2 ޝަކުވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

"މީގެ ތެރެއިން މިހާތަނަށް ޖަވާބު އަރުވާފައިވާނީ 2 ޝަކުވާއަކަށް، ބާކީ ޝަކުވާތަކުގެ މައްސަލަތައް އެއީ ތަޙްޤީޤު ކުރަންޖެހޭ މައްސަލައެއްތޯ ނުވަތަ އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްތޯ އެކަން މިހާރު ބަލަމުން މިދަނީ." ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބާ ގުޅިގެން ހުށަހެޅިފައިވާ ގިނަ ޝަކުވާތަކަށް މިހާތަނަށް ޖަވާބު އަރުވާފައި ނުވާއިރު، ތިން ވޯޓް ފޮށްޓެއް އަލުން ގުނައިދިނުމަށް ކެންޑިޑޭޓަކު އެދިފައިވާތީ އަލުން ގުނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ