ވަގަށް ނަގާފައިވާ 32 ފޯނާއި އެކު 2 މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ 32 ފޯނާއި އަދިވެސް އެހެން ބައެއް ތަކެއްޗާއިއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ފުލުހުން ޕެޓްރޯލު ކުރަމުން ދަނިކޮށް ރޭ ފަތިހު 4:30 އެހާކަށް ހާއިރު ހިތަދޫ ފިހާރައެއްގެ ބިއްލޫރުގަނޑު ތަޅާލައިގެން ވަދެ ވައްކަން ކުރި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައި ވެއެވެ.

މި ދެ މީހުން އެ ފިހާރައިން ވަގަށް ނަގާފައިވަނީ 32 ފޯނާއި 2 އައިޕެޑާއި 11 ގޭމް ސީޑީ އާއި 2 ސްޕީކަރާއި 27 ސްކްރީން ޕްރޮޓެކްޓާރ އާއި އެޕަލް ވޮޗަކާއި ހެޑް ސެޓެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ މިހާރު ތަޙްގީގު ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ