ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ 3 ގޮނޑި ކަށަވަރުކޮށް އެމްޑީޕީން ނ. ކުޑަފަރީ ކައުންސިލްގެ މެޖޯރިޓީ ހޯދައިފިއެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މިހާރު ބަންދުވެފައިވާއިރު 5 ކައުންސިލަރުން އިންތިޚާބުކުރަން ޖެހޭ ކުޑަފަރީގައި ކައުންސިލްގެ ރައީސާއި އަންހެން ދެ މެމްބަރުން ހޮވަން އިންތިޚާބު ބާއްވަން ނުޖެހި ގޮނޑި ކަށަވަރުވީ އެ ތިން ކެންޑިޑޭޓުންނާ ވާދަކުރަން އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ އެވެ.
މި 3 ފަރާތުގެ ގޮނޑި ޔަގީންވެފައިވީނަމަވެސް ދެން ހޮވަން ޖެހޭ 2 މެމްބަރުން ހޮވުމަށް އިންތިޚާބު ބާއްވާނެއެވެ. ކައުންސިލް މެންބަރު ކަމަށް ވާދަ ކުރައްވަން ވަނީ 2 ފަރާޓަށްވުރެ އިތުރަށް މީހުން ކުރިމަތި ލައިފައެވެ.
ރައްޔިތުންގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވަނީ ކުޑަފަރި ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ނެގުމުން މަރުޚަބާ ވިދާޅުވެފައެވެ.
އިންތިޚާބަކާ ނުލައި ނ.ކުޑަފަރި ކައުންސިލްގެ ރައީސްކަމާއި 2 އަންހެން މެމްބަރުކަން އެމްޑީޕީ ކާމިޔާބުކޮށް، ވޯޓްކުރިން މެޖޯރިޓީ ކަށަވަރުކޮށްފި. މަރުހަބާ @sanmbow #LaamarkazeeRaajje #RahvehiFathis pic.twitter.com/XENclzDa8b
— Waddey (@waddey_) February 20, 2020
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ މިރޭ 8:45 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.




