ރައީސް ޞޯލިޙް ކުޑަފަރީގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އެމްޑީއޭ

ރައްޔިތުުންގެ ހިތުވިންދު އެންމެ ރަނގަޅަށް އެނގޭނި މި ކޯލިޝަނަށް: ރައީސް ޞޯލިޙް

ދިވެހި ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކޯލިޝަނަކީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަނަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙްގެ ރިޔާސީ ކެމްޕޭން ހަފްލާއެއްގައި މިއަދު މެންދުރު ނ.ކުޑަފަރީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޯލިޝަނަކީ އަދާލަތު ޕާޓީއާއި، އެމްޑީއޭއާއި އެކީ އެމްޑީޕީން ހަދާފައި އޮތް ކޯލިޝަނެއް ކަމަށާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިތިބި 8 ރިޔާސީ ކެންޑިޑޭޓުންނަށް ބަލާއިރުގައި މިއީ މިނެކިރާލަން ރަނގަޅު ފުރުޞަތެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މި ކޯލިޝަނަކީ ސިޔާސީ ތަޖުރިބާ އެންމެ ބޮޑު އަދި ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ލީޑަރޝިޕް ކަމުގައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިޔާމް އަދި އަސްލަމް 4 މަޖިލިސް އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ކަމަށާއި، ހުދު އެމަނިކުފާނު 4 މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރައްވާފައިވާ ކަމަށެވެ.

"ޝިޔާމް އަޅުގަނޑުމެންނާ އެކުގައި ބައިވެރިވެވަޑައިގެން އެ އިންނެވީ 4 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރައްވައިގެން. 20 އަހަރު އެ ހޭދަކުރައްވަނީ. އެއިން ކޮންމެ ފަހަރަކު ކޮންމެ ރައްޔިތަކު ކައިރިއަށް ވަޑައިގަންނަވާނެ. ރައްޔިތުން ދައްކާ ވާހަކަ ވަރަށް ގާތުން އަޅުގަނޑުމެންނަށް އަޑުއިވޭ.

އަޅުގަނޑުމެންގެ ރަނިންމޭޓް އައްޑޫ ހިތަދޫ އުތުރުދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އަސްލަމް 20 އަހަރު މަޖިލީހުގައި ހޭދަކުރައްވައިފި. ކޮންމެ ފަހަރަކު އިންތިޚާބު ކާމިޔާބުކުރައްވާ. އެއިން ކޮންމެ ފަހަރަކު ކޮންމެ ރައްޔިތެއް ކައިރިއަށް ވަޑައިގަންނަވާ. ރައްޔިތުން އެދޭ ކަންތައްތައް ވަރަށް ރަނގަޅަށް ސާފުކޮށް އެނގިވަޑައިގަންނަވާ.

އަޅުގަނޑު މިތަނަށް އައިސް މިހުރީ ރައްޔިތުންގެ މަޖިލީހުގެ 5 އިންތިޚާބާއި ރިޔާސީ އިންތިޚާބެއް ކާމިޔާބުކޮށްގެން. ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މެދުނުކެނޑި 30 އަހަރު އަޅުގަނޑު މި ހޭދަކުރަނީ. އެހެންވެ އަޅުގަނޑު މިދެންނެވި ހަމައެކަނި މި ތިން މީހުންނަށް ބަލާލި ކަމުގައި ވީނަމަވެސް ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ކޯލިޝަނަކީ މިއީއޭ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އެއްވެސް އަމިއްލަ އެދުމެއް ނެތްކަމަށާއި، ކޯލިޝަން ބައިވެރިންގެވެސް އެފަދަ އަމިއްލަ އެދުންތައް ނެތްކަމަށެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ކުޑަފަރީއަކީ އިޖުތިމާއީ ރޫހު ވަރުގަދަ ރަށެއް ކަމަށާއި، ތަރައްޤީގެ ކަންކަމުގައި ކައުންސިލާއިވެސް ގުޅިގެން މަސައްކަތްކުރާ ރަށެއް ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ