އަންނަ އިންތިޚާބުގައި ލޯފަން ބޭފުޅުންނަށް އަމިއްލައަށް ވޯޓް ލެވޭނެ - އަކްރަމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގް މެންބަރު އަދި ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގައި އެހީތެރިވި އެއްވެސް ފަރާތަކާ ގުޅިގެން، އެއްވެސް ޝަކުވާއެއް ލިބިފައި ނެތްކަމަށް އީސީގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިޚާބުތަކުގައި ލޯފަން ބޭފުޅުންނަށް އަމިއްލަފުޅަށް ފާހަގަ ޖެހޭނެގޮތް ފަހިކޮށްދޭނަން." އަކްރަމް ވިދާޅުވިއެވެ.

ވޯޓް ލުމުގައި އެހެން މީހެއްގެ އެހީތެރިކަން ހޯދެނީ ފޯފަން ބޭފުޅުންނަށާއި، އަމިއްލަ އަތުން ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދޭ ފަރާތްތަކެވެ. މި ބަދަލާއެކު ދެން އަންނަ އިންތިޚާބުތަކުގައި އެހެން މީހެއްގެ އެހީތެރިކަން ހޯދޭނީ އަމިއްލަ އަތުން ފާހަގަ ޖެހުމަށް ނުކުޅެދޭ ފަރާތްތަކަށް އެކަންޏެވެ.

ލޯފަން ބޭފުޅުންނަށް އަމިއްލަފުޅަށް ވޯޓް ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމް ހަމަޖައްސަވަން މަސައްކަތް ކުރައްވާއިރު، ޕޯސްޓަލް ވޯޓިންގ އާއި، ޕްރިފެރެންސް ވޯޓިންގ އަށް ދާންވެސް އިލެކްޝަންސް ކޮމިޝަނުން ވިސްނަމުންދާކަން މިރޭ އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ