ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ފަނޑިޔާރު ޝުޖާއު އުޝްމާނަށް

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޝްމާން، ހައި ކޯޓުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ޖުޑިޝަލް ޝާރވިސް ކޮމިޝަނަށް ފޮނުވި ކަމުގެ މަޢުލޫމާތު ވަރަށް އިތުބާރު ހުރިގޮތަކަށް މި ނޫހަށް ލިބިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަމާއި ގުޅިގެން ޖުޑިޝަލް ޝާރިވިސް ކޮމިޝަނަށް ވަނީ ސިޓީ އެއް ފޮނުވާފައެވެ. ޖޭއެސްސީ އަށް ފޮނިވި ސިޓީއެއްގައި ފަނޑިޔާރު ޝުޖާއު އުސްމާން ހައިކޯޓުގައި މަސައްކަތްކުރި ލީގަލް އޮފިސަރެއްގެ އަތުގައި ހިފައި، ފިރިމީހާ ކައިރިން ވަރިވެގެން، އޭނާއާ ކައިވެނި ކުރުމަށް ހުށަހަޅާފައި ކަމަށް ބުނެފައި ވާކަމަށް މީ ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިމައްސަލަ މިހާތަނަށް ހުށައަޅާފައި ނުވަނީ ވަޒިފާގެ ބިރަށްޓަކައި ކަމަށްވެސް ސިޓީގައި ބުނެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ފަނޑީޔާރު ޝުޖާއު އުސްމާން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި، ގާނޫނު އަސާސީއާ، ފަނޑިޔާރުންގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ އަހުލާގީ މިންގަނޑުތަކާ ހިލާފުވެފައިވާތީ މި މައްސަލަ ވީ އެންމެ އަވަހަކަށް ބައްލަވައި ފިޔަވަޅު އެޅުމަށް އެސިޓީގައި އެދިލައްވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޖޭއެސްސީން ކުރިން ވެސް އޮތީ ފަނޑިޔާރު ޝުޖާއުގެ އެހެން މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ