ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވަން ބޭނުންކުރާ ސާމާނު އެމްއެންޑީއެފާ ހަވާލުކޮށްފި

ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވުމުގައި ބޭނުންކުރާ ފަޔަރ ވެހިކަލަކާއި ބައެއް އާލާތްތައް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިތަކެއްޗަކީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ޤާބިލްކަން އިތުރުކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެތިކަމަށެވެ.

އަދި މިއަދު މި ހަދިޔާކުރި ތަކެތީގެ ތެރޭގައި ފަޔަރ ވެހިކަލަކާއި، ތިން ބްރީތިންގ އެޕޭރެޓަސް ސެޓް އަދި  އެއް ތާމަލް އިމޭޖިން ކެމެރާ ހިމެނޭއިރު މިތަކެތީގެ އަގަކީ 1.3 މިލިއަން ދިވެހި ރުފިޔާކަމަށްވެސް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފއެވެ.

މިއަދު ހަވީރު ކަޅުކުއްތަކަލާކޮށި، މާލެ ފަޔަރ ސްޓޭޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ކެއިކޯ ޔަނާއީއެވެ.

މި ޕްރޮޖެކްޓަކީ 19 ފެބްރުއަރީ 2019 ވަނަ އަހަރު ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ޖަޕާނު ސަރުކާރާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިގެންދިޔަ ތަކެއްޗެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްބޭފުޅުންނާއި ޖަޕާނު ސަރުކާރުގެ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ