ފޮއްދޫ ގޮނޑުދޮށް ހިމާުޔަތްކުރުން އެމްޓީސީސީއާ ޙަވާލުކޮށްފި

ނ. ފޮއްދޫ ގޮނޑުދޮށް ހިމާުޔަތްކުރުން އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކޮށްފައިވާ މި މސައްކަތުގެދަށުން ށ.ފޮއްދޫ އިރުމަތީ ފަރާތުގެ ޖެޓީ ކައިރިން 180 މީޓަރުގެ ސަރަޙައްދެއް ޙިމާޔަތްކުރުމަށްވަނީ އެއްބަސްވެފައެވެ. މިމަސައްކަތުގެ އަގަކީ 7.6 މިލިއަން ރުފިޔާ އެވެ.

މިމަސައްކަތް 180 ދުވަސް ތެރޭ ނިންމަން ހަވާލުކުރަން ޖެހޭއިރު، މިމަސައްކަތުގެ ދަށުން ޙިމާޔަތްކުރާ ސަރަޙައްދުގައި ޖިއޯ ބޭގް ރިވެޓްމަންޓެއް ޖެހުމަށްވަނީ ނިންމާފައެވެ.

ށ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެއް ފެށުމަށް ނިިންމާފައިމިވަނީ، އިރުވައި މޫސުމާއެކު ރަށް ގިރުމުގެ ސަބަބުން ށ. ފޮއްދޫގައި އަރާ ފޭބުމަށް ބޭނުންކުރާ ފާލަން، ރަށާ ވަކިވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންވަނީ ކަންބޮޑުވުން ފާޅުކޮށް ޝުޢޫރު ފާޅުކޮށްފައެވެ.

މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ