މަޖިލިސް ކުރާގެ ކުރީގައި ހުންނަ ގޮތް - ފޮޓޯ: މަޖިލިސް

ސަގާފީ ތަރިކައިގެ ގާނޫނެއް އޮތުމަކުން އެކަނި ނުފުދޭ - މެމްބަރުން

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނެއް އޮތުމަކުން އެކަނި ނުފެދޭ ކަމަށާއި ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް، ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއްކަމަށް ދެކި ގާނޫނު ތަންފީޒު ކުރުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު މިއަދު ޖަލްސާއަށް ހުށަހަޅުއްވައި، މެމްބަރުންނަށް ބަހުސް ކުރުމަށް ވަނީ ފުރުސަތު ހުޅުވާލައްވާފަ އެވެ.

އެބިލް ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ރާއްޖޭ ސަގާފީ ތަރިކައިގެ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ އެފަދަ ތަންތަން ހިމާޔާތްކޮށް ރައްކާތެރި ކުރުން ކަމަށެވެ. އީވާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި ހުރި ބައެއް އާސާރީ މިސްކިތްތައް ނަގައި އެތަންތާގައި ޕާކްތައް އަޅާއި އިމާރާތްތައް އެޅުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

އެގޮތުން، ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގައި، އެ މިސްކިތް ވިއްކާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ފަހުން އެ މިސްކިތަށް ވީނުވީއެއް ނޭނގިގެން އުޅެން ޖެހުނު ކަމަށެވެ. އަދި ބިހުރޯޒު ކަމަނާ މިސްކިތް ހުރިތާނުގައި އިމާރާތެއް އެޅުމަށް ވެސް ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

އެ ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ނަމުގައި ބިލެއް ފަރުމާކޮށް، ހުށަހެޅުމަކުން އެތަކެތި ރައްކާތެރި ނުކުރެވޭނެ ކަމަށެވެ.

މިފަދަ ބިލުތައް ގާނޫނަށް ބަދަލުވެ، އަމަލު ކުރަންފެށުމާއެކު، ގާނޫނު ތަންފީޒު ކުރުމާއި، ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުން މުހިއްމު ކަމަށްވެސް ލަތީފުގެ އިތުރުން އެބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުން މިއަދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ