އައްޑޫ ހޮސްޕިޓަލުގެ އެމްއާރްއައި މެޝިން އިންސްޓޯލްކޮށްފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެމްއާރްއައި މެޝިން އިންސްޓޯލްކޮށްފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އޮފިޝަލަކާއި ޙަވާލާދީ ޕީއެސްއެމްގައި ބުނެފައިވަނީ އައްޑޫ ހޮސްޕިޓަލްގެ އެމްއާރްއައި މެޝިން ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި އަދި މިހާރު ކުރިއަށް ދަނީ މެޝިން ބޭނުން ކުރަން ފެށުމުގެ ކުރީން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލައި ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި މިފެށޭ މާޗުމަހުގެ ތެރޭގައި އެމެޝިން ބޭނުންކޮށްގެން އެމްއާރްއައި ހެދެން ފެށޭނެ ކަމަށްވެސް އެހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ. އަދި އެއާކު މިހޮސްޕިޓާ ވެގެންދާނީ މާލޭ ސަރަހައްދުން ބޭރުގައި އެމްއާރްއައިގެ ޙިދުމަތް ދެވޭ ފުރަތަމަ ހޮސްޕިޓަލަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި އައްޑޫގައިވެސް ބަހައްޓަނީ މާލޭގެ އައިޖީއެމްއެޗުގައި ބޭނުންކުރަމުން އަންނަ 1.5 ޓެސްލަރގެ ސްކޭނާރއެކެވެ.

އެމްއާރްއައި ޙިދުމަތުގެ އިތުރުން އެހޮސްޕިޓަލުން ކޮންޓްރާސްޓް ސީޓީ ސްކޭން ޙިދުމަތްވެސް މިދިޔަ ހަފްތާ ތެރޭގައި އެހޮސްޕިޓަލްގައި ވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ