ބޭރު ފަރާތްތަކަށް ބިން މިލްކުނުކުރެވޭ އިސްލާހު ތަސްދީގު ކުރައްވައި ވައުދު ފުއްދައިފި

ދިވެހި ބިމުން އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުކުރެވޭނެކަމަށް ކަނޑައަޅާ މިމަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ތަސްދީގު ކުރައްވައި ވައުދު ފުއްދަވައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޢެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކޮށްފިނަމަ ރާއްޖެއިން ބިން މިލްކް ކުރެވޭ ގޮތައް ބަދަލު ކޮށްފައި އޮތް ޤާނޫނު އަސާސީގެ މާއްދާ ބައްދަލުކޮށް ރައްޔިތުންގެ މަޖިލީހުން މިހާރު ނިންމާފައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން ނުވަދިހަނުވަ އަހަރުގެ މުއްދަތަކަށެވެ.

ޔާމީންގެ ވެރިކަމުގައި ޤާނޫނު އަސާސީ އަށް ގެނައި އިސްލާހުގައި ބުނެފައި އޮންނަނީ ވަކި ޝަރުތުތަކެއް ހަމަވާނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެ ޕްރޮޖެކްޓަށް ޚާއްޞަ ޤާނޫނަކުން ހުއްދަކުރެވިގެންވާ ޕްރޮޖެކްޓް ހިންގާ ފަރާތައް ރާއްޖޭގެ ބިން މިލްކު ކުރެވިދާނެއެވެ.

2015 ވަނަ އަހަރުގެ ޖޫން މަހު ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި، އެމްޑީޕީ އާއި ޖޭޕީގެ ބައެއް މެންބަރުން ވެސް ހިމެނޭ ގޮތަށް ވޯޓް ދެއްވައިގެންނެވެ. އެ ބިލް އަލުން އިސްލާޙް ކުރުމަށްވެސް ހުރިހާ ޕާޓީތަކެއްގެ މެންބަރުން ވޯޓް ދެއްވިއެވެ.  

ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދެކެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް