އެކްސިޑެންޓްވި ވޭން - ފޮޓޯ: އަވަސް

އައްޑޫގައި އެކްސިޑެންޓެއް ހިނގާ ވެމްކޯ މުވައްޒަފަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ދާދި ދެންމެއަކު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ވެމްކޯ މުއައްޒަފަކު ނިޔާވެއްޖެއެވެ.

ހިތަދޫ ކުނި ކޮށި ކައިރިން ހިނގި އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާ ނިޔާވިކަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކަށަވަރު ކޮށްދީފައިވާއިރު، އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ވެމްކޯގެ އައިޓީ ޓެކްނީޝަނެއް ކަމަށްވާ ހިތަދޫ ނަބީލް އިބްރާހީމެވެ.

މެޑި ސިޓީ ވޭނަކާއި ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެމީހުންނަށެވެ.

އެކްސިޑެންޓުގައި އަނިޔާވެފައި - ފޮޓޯ: ވަގުތު

އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭން ކޮންޓްރޯލް ނުވެ، ކުރިމަތިން އައި ސައިކަލެއްގައި ޖެހިފައި، އެ ސައިކަލު ވިއްސައިގެން ދިޔަ ވަގުތު އެ ސަރަހައްދުން ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓުވި ނަބީލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ސީރިއަސް ނަމަވެސް، ނިޔާވެފައިވަނީ ހިތަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

އެކްސިޑެންވި އައްޑޫ މެޑިސިޓީގެ ވޭން - ފޮޓޯ: ވަގުތު

އައްޑޫ ލިންކް ރޯޑްގައިވެސް މިހާރު ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް