ވ. ތިނަދޫ - ފޮޓޯ: މިހާރު

ތިނަދޫން ޝައްކު ކުރެވުނު މީހާ 'ކޯވިޑް-19' އަށް ނެގެޓިވް، އިތުރު ޓެސް އަދި ކުރެވޭނެ - އެޗްޕީއޭ

ތިނަދޫން އިން ކޯވިޑް-19 އަށް ޝައްކު ކުރެވުނު މީހާ އެބައްޔަށް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ވިދާލުވެފައި ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތުގެ ކޯވިޑް-19 ގެ ޓެސްޓްވަނީ ނެގަޓިވްވެފައިކަމަށާއި ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެކަމަށެވެ.

މިކަމާގުޅިގެން ވ. ތިނަދޫ ގެ “ކޮންޓެކްޓް ޓްރޭސިންގ" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތްކަމަށްވެސް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ހުޅުވާލައިފައިވާ އިތު އިތުރު ދެ ރަށަކަށް އަރާ ފޭބުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

އެގޮތުން ކުރެންދޫ ރިސޯޓްގައި ޗުއްޓީހޭދަކޮށްފައިދިޔަ ފަތުރުވެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، އެ ރިސޯޓަށް އަރާފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައިވާއިރު، ސަމާއައިލެންޑް ރިސޯޓަށްވެސް އަރާ ފޭބުން އެޗްޕީއިން މިއަދު ވަނީ މަނާކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިހާތަނަށް ވަނީ 8 މީހަކު ކަރަންޓީނުކޮށްފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ