އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮކާކޯލާ ކުންފުނީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮކާކޯލާ ކުންފުނީގެ އޮފީސް ފަޅާލައި އެތަނުން ވައްކަންކޮށްފައިވާ މައްސަލައެއް ފުލުހުންނަށް މިއަދު ފަތިހު 04:40 ހާއިރުހުށަހެޅިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެއޮފީހުގެ ތިޖޫރީ ފަޅާލައިގެން އޭގައި ހުރި 34000 ދިވެހި ރުފިޔާވަނީ ވަގަށް ގެންގޮސްފައެވެ.
މިމައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.



