އެހެން ހާދިސާއެއްގައި ފޭރިގަނެފައިވާ ބއެއް ތަކެތި - ފޮޓޯ: ޕޮލިސް

މަޖީދީމަގުން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަނެފި

މަޖީދީ މަގުން ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވޫ، މިރޭ 8:30 އެހާކަންހާއިރު މަޖީދީ މަގުން ރައްދެބައި މަގުގެ ކަންމައްޗާ ދިމާއިން ސްރީލަންކާގެ އަންހެނަކު ދަނިކޮށް އޭނާގެ ކަރުގައި އޮތް ރަންފަށް ފޭރިގަތް 24 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ފޭރުނު ޒުވާނާ ހުއްޓުވައި ހައްޔަރު ކުރީ އެ ސަރަހައްދުގައި ހުރި ފުލުހެއް ކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ. އެ މީހާ ހައްޔަރު ކުރުމުގައި ފުލުސް މިހާއަށް އާންމުން އެހީވި އިރު އޭނާ ހައްޔަރު ކުރީ ޗާންދަނީ މަގު އެވިންސް ކައިރިންނެވެ.

ރަން ފަށް ފޭރިގަނެގެން އެ މީހާ ދުއްވައިގަތުމުން ފަށް މަގުމައްޗަށް ވެއްޓުނުއިރު، އެ ފަށް ވަނީ ފަށުގެ ވެރިފަރާތް، ލަންކާގެ އަންހެން މީހާއާ ހަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ