މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އާތިފާ މިއަދު ހެނދުނު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ހައުސިންގ މިނިސްޓަރީން ވިދާޅުވީ، މިނިސްޓަރ އާތިފާ މިމަހުގެ 24 އިން 25، އަށް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު އައްޑޫއަށް ވަޑައިގެންފައިވާ ކަމަށާއި، މިދަތުރުފުޅުގައި ހައުސިންގް އާއި ގުޅުންހުރި ބައެއް ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކުރެވި އިމާރާތްކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތަކުގެ މިހާރުގެ ހާލަތު ބައްލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރުގެ ދަތުރުފުޅުގައި އައްޑޫ ހުޅުމީދޫ ހައުސިންގ ސައިޓަށް އަދި އައްޑޫ ހިތަދޫ ހައުސިންގ ސައިޓަށާއި ރޯހައުސް ސައިޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާވެސް މިނިސްޓަރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓަރީން ވިދާޅުވިއެވެ.
މިނިސްޓަރ އާތިފާ އައްޑޫ ސިޓީއަށް މިމަހުގެ 24 އިން 25، އަށް ކުރައްވާ ދަތުރުފުޅު. މިދަތުރުފުޅުގައި ހައުސިންގް އާއި ގުޅުންހުރި ބައެއް ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކުރެވި އިމާރާތްކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތަކުގެ މިހާރުގެ ހާލަތު ބައްލަވާލައްވާނެ. pic.twitter.com/WExFUFlsuv
— Ministry of Housing and Urban Development (@MoHUDmv) April 24, 2019
މިނިސްޓަރ އާތިފާ އައްޑުއަށް ދަތުރު ކުރައްވާއިރު، ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އައްޑޫން ވަނީ ބޮޑު ކާމިޔާބެއް ހޯއްދަވާފައެވެ.



