ބިލު ނުދެއްކުނަސް އުރީދޫ އިން މިމަހު ޚިދުމަތް ކަނޑާނުލާނެ

ބިލު ނުދެއްކުނަސް މިމަހު ޚިދުމަތް ކަނޑާނުލާނެކަމަށް އުރީދޫ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާ މިދަނޑިވަޅުގައި އެންމެންނާއެކު އުރީދޫ މި ޝިޔާރުގެ ދަށުން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް އުރީދޫން ތައާރަފް ކޮށްފައިވާއިރު، އެކުންފުނިން ވިދާޅުވީ، ފޯނު ބިލާއި، ފައިބަރ އަދި ވަޔަރލަސް ބްރޯޑްބޭންޑްގެ ބިލު ހިމެނޭހެން އަދި ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމަށެވެ.

އުރީދޫއިން ވިދާޅުވީ، މީގެތެރޭގައި ހިމެނޭނީ އުރީދޫގެ ޕޯސްޓްޕެއިޑް މޯބައިލްގެ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ފައިބާ އަދި ވަޔާލެސް ބްރޯޑްބޭންޑް ޚިދުމަތް ހޯދާ ފަރާތްތަށް ކަމަށެވެ.

މީގެއިތުރުން އެޗްޕީއޭއިން އަންގައިގެން ގޭގައި މަޑުކުރަން ޖެހޭ އާއިލާތަކަށް ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ އެލަވަންސް ދިނުމަށް ނިންމާފައިވާއިރު، ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން އެ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އުރީދޫއިން ވިދާޅުވިއެވެ.

އުރީދޫއިން ހާމަކޮށްފައިވާގޮތުގައި މިމަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް، އެހެން ނެޓްވޯކްތަކުގެ ނަމްބަރުތައްވެސް ހިމެނޭހެން މިއަދުން ފެށިގެން ހިލޭ އެސްއެމްސް ކުރެވޭނެއެވެ.

އަދި މިހާލަތުގައި އުރީދޫގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާއިރު، އުރީދޫގެ ޚިދުމަތް ހޯދާ ފަރާތްތައް ޑިޖިޓަލްކޮށް ހިދުމަތް ހޯދުމަށް މިވަގުތު ބާރުއަޅާ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ