ކޮވިޑް-19: ވޯލްޑްކަޕް ކާމިޔާބުކުރި އިޓަލީގެ ޓީމުން ރައްޔިތުންނަށް އެހީވުމަށް ފަންޑުހޯދަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތް ކޮވިޑް-19 ގައި ރައްޔިތުންނަށް އެހީތެރިވުމަށް 2006 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި އިޓަލީގެ ފުޓްބޯޅަ ޓީމުން އިސްނަގައިގެން ފަންޑު ހޯދުމުގެ މަސައްކަތެއް ފަށައިފިއެވެ.

މިކަން ހާމަކޮށް ޑެލްޕިއޭރޯ އިންސްޓަގްރާމްގައި ލިޔެފައިވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް 2006 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި އިޓަލީގެ ފުޓްބޯޅަ ޓީމުން އިސްނަގައިގެން ފެށި މިފަންޑްރައިޒް ކުރުމުގެ މިޕްރޮގްރާމުގައި ފްރެންސިސްކޯ ޓޮޓީއާއި، ފަބިއޯ ކަނަވާރޯގެ އިތުރުން ބުފަންވެސް ހިމެނޭކަމަށެވެ.

ޑެލްޕިއެރޯ ބުނެފައިވަނީ އެމީހުން މަސައްކަތް ކުރާނީ އިޓަލީގެ ރެޑް ކްރޮސްއާއި ގުޅިގެންކަމަށެވެ.

"ތިޔަހުރިހާ ބޭފުޅުންނަކީވެސް ހަމަ މިޓީމުގެ މީހުން. އެންމެން ގުޅިގެން މިކަން ކާމިޔާބުކުރެވޭނެ." ޑެލްޕިއޭރޯ ބުންޏެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ފެތުރެމުންދާއިރު، ޔޫރަޕުން މިވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީއަށެވެ. އެޤައުމުން 25000 ހާ މީހުންނަށް މިވައިރަހުގެ އަސަރުކޮށްފައިވާއިރު، 180 އަށް ވުރެ ގިނަ މީހުން މިވައިރަހުގައިވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ