ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް، ސެމްސަންގް ގެލެކްސީ އެސް 4 ބްރޭންޑްގެ މޯބައިލް ފޯނަކާއި، އައިފޯން 6 އެސް ބްރޭންޑްގެ މޯބައިލް ފޯނެއްގެ އިތުރުން އެމްއައި 7 ޕްރޯ ބްރޭންޑުގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންއެބަދެއެވެ.
ފުލުހުން ވިދާޅުވީ، މި ފޯނު ތަކަކީ 2020 މާރިޗު 14 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއް ބަލައިފާސްކުރިއިރު އެގޭގެ ފުރާޅުމަތިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަަން ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނު ތަކެއްކަމަށެވެ.
މި ފޯނުތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 451914 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފޯނާ ހަވާލުވުމަށް އެފަރާތުން ވަނީ އެދިލައްވާފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.



