ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
ފުލުހުން ވިދަޅުވެފައި ވަނީ މި ތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 10 އިން 12 އަށް މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ. މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ސެޕްޓެމްބަރ 10 ވަނަ ދުވަހު ފަރީދީ މަގު، ޕިންކު ގަރާޖް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި ދެ މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސީސީޓީވީ ކެމެރާ ސިސްޓަމެއް. އޭގެތެރޭގައި ހިމެނެނީ: 1 މޮނިޓަރ (އަސުސް)، 1 ޑީވީއާރު، 1 ރައުޓަރ، 2 ކެމެރާ، 8 ކޭބަލް ވާގަނޑު، 1 ކަށިގަނޑު، 1 ސޮކެޓު، 1 ޕްލަގް ސޮކެޓު. އިންސިޑެންޓް ނަންބަރ 464796
ސެޕްޓެމްބަރ 12 ވަނަ ދުވަހު ޝަހީދުއަލީ ހިނގުން، ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 1 ބިޑި ގޯނި (ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުންކުރާ). އިންސިޑެންޓް ނަންބަރ 465030
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.



