އިޓަލީއަށް އެހީވުމަށް އިބްރަހިމޮވިޗް ފަންޑު ހޯދަނީ

ކޮވިޑް-19 އާއި ގުޅިގެން އިޓަލީއަށް އެހީވުމަށް ޒްކަޓަން އިބްރަހިމޮވިޗް ފަންޑު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ޕޭޖެއް މެދުވެރިކޮށް ހުރިހާ އެންމެންނަށް ބައިވެރިވެވޭގޮތަށް އިބްރަހިމޮވިޗް މިހަރަކާތް ފައްޓާފައިވަނީ "ކިކް ދަ ވައިރަސް އަވޭ!" ގެ ނަމުގައެވެ.

އިބްރަހިމޮވިޗްގެ އުންމީދަކީ މިޕޭޖް މެޗުވެރިކޮށް އިޓަލީގެ ހޮސްޕިޓަލްތަކަށް އެހީތެރިވުމަށް 1 މިލިއަން ޔޫރޯގެ ފަންޑެއް ހޯދުމެވެ. މިފަންޑަށް ލިބޭ ފައިސާ ޚަރަދު ކުރާނީ އިޓަލީގެ ހޮސްޕިޓާތަކަށް ބޭނުންވާ ސަމާނާއި ތަކެތި ގަތުމަށްކަމަށްވެސް އިބްރަހިމޮވިޗް ބުންޏެވެ.

"މިވައިރަހާއި ދެކޮޅަށް މިކުރާ ހަނގުރާމާގައި މިކުރާ މަސައްކަތަށް ރައްޓެހިންނާއި، ކުޅުންތެރިންގެ އިތުރުން އާންމުގެ ފަރާތުންވެސް އެއްބާރުލުން ދިނުން އެދެން. މިއީ އަމިއްލަ ހުރިހާ މަސައްކަތެއް ދޫކޮށްލާފަ އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި އަވަދިނެތި މަސައްކަތްކުރާ ޑޮކްޓަރުންނަށާއި ނަރުހުންނަށް އެހީތެރިވާންވީ ވަގުތު. މިއަދު މިމީހުންނަށް އަހަރެމެންގެ ސަޕޯޓް ބޭނުންވޭ." އިބްރަހިމޮވިޗް ބުންޏެވެ.

މިހާރު އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް ބުނީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އިޓަލީއިން އޭނާއަށް ބޮޑު އެހީތެރިކަމެއްވެފައިވާކަމަށާއި، މިދަނޑިވަޅުގައި އޭނާވެސް ބޭނުންވަނީ އޭނާގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް އިޓަލީއަށް ވުމަށްކަމަށެވެ.

ސްވިޑެންގެ ޤައުމީޓީމަށް ކުރިން ކުޅުނު އިބްރަހިމޮވިޗް އިޓަލީގައި 7 އަހަރު ހޭދަކޮށްފައިވާއިރު، އޭނާވަނީ އޭސީ މިލާންގެ އިތުރުން ޔުވެންޓަސްއަށާއި އިންޓަރ މިލާންއަށްވެސް ކުޅެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ