ޢަލީ ވަހީދު - ފޮޓޯ: ވަގުތު

"ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ" ގައި މިނިސްޓަރ ޢަލީ ވަޙީދު

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ "ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ" އަށް ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ޢައްޔަންކުރައްވައިފިއެވެ.

މިކޮމިޓީއަށް މިނިސްޓަރު ޢައްޔަންކޮށްފައި މިވަނީ 2020 މާޗް 19 ގައި UNWTO އިން އިންތިޒާމުކުރެއްވި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވަރޗުއަލް މީޓިންގ" ގައެވެ.

މިކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ޙައްލެއް ގެނައުމަށްޓަކައި UNWTO އިން އެކުލަވާލެއްވި ކޮމިޓީއެކެވެ.

ޗައިނާގެ ވޫހާން ސިޓީއިން މިދިޔައަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިކަމުގެ އެންމެބޮޑު އަސަރެއްކުރާ އެއްސިނާއަތަކީ ޓޫރިޒަމް އިންޑަސްޓްރީއެވެ. މިވައިރަސް އިތުރަށް ފެތުރުނަނުދީ ރައްކާތެރިވުމަށް އެކިގައުމުތަކުން ލަފާ ފުރުން އެއްކޮށްހެންވަނީ ބަންދުކޮށްފައެވެ.

ރާއްޖެއިން މިވައިރަހަށް ޕޮޒިޓިވް ވެފައިވާ 13 ފަރާތެއް މިހާތަނަށް ފެނިފައިވާއިރު، އެއެންމެންނަކީވެސް ބިދޭސީންނެވެ. މިވައިރަހަށް ޕޮޒިޓިވް ވެފައިފާ 13 މީހުންގެތެރެއިން 9 މީހުންނަކީ ނިސްބަތްވަނީ އިޓަލީއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ