އިންޓަރއަށް ކުޅޭ އިޓަލީ ނޫން ކުޅުންތެރިން ޤައުމު ދޫކޮށްދިއުމުގެ ފުރުޞަތު ދީފި

އިންޓަރ މިލާންއަށް ކުޅޭ އިޓަލީއަށް ނިސްބަތްނުވާ ކުޅުންތެރިން އެޤައުމު ދޫކޮށްދިއުމުގެ ފުރުޞަތު އެކްލަބުން ދީފިއެވެ.

އެގޮތުން އެކްލަބަށް ކުޅޭ މާސެލޯ ބްރޮޒޮވިޗްވަނީ އެނބުރި ޤައުމަށް ގޮސްފައެވެ. ސާމިރް ހޭންޑަނޮވިޗް އޭނާގެ އުފަން ޤައުމު ސްލޮވޭނިއާއަށް ގޮސްފައިވާއިރު، ޑިއޭގޯ އޮޑިންއާއި މަޓިއަސް ވެސިނޯ އުރުގުއާއީއަށް ދަތުރުފަށަށް ތައްޔާރުވަމުންދާކަމަށް ރިޕޯރޓްތައް ބުނެއެވެ.

އިންޓަރއިން ކުރިއަށް އޮތް ދުވަސް ތަކުގައި ކްލަބުގެ ޓްރެއިންނިންގ ފެށުމުގެ ވިސްނުމެއް ނުގެންގުޅޭއިރު، ކުޅުންތެރިން އަމިއްލައަށް ފަރިތަކުރުންތައް ކުރިއަސް ގެންދިއުމަށްވަނީ އިރުޝާދުދީފައެވެ.

ކޮވިޑް-19 ގެ ސަބަބުން އިޓާލިއަން ސީރީއާ މެދުކަނޑާލާފައިވާއިރު، އިޓަލީގައި ކުޅޭ ބައެއް ކުޅުންތެރިންވެސް މިހާރުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި އިޓާލިއާ ސީރިއާގެ ޗެމްޕިއަން ޔުވެންޓަސްގެ 3 ކުޅުންތެރިން ހިމެނެއެވެ. މިވައިހަރަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ އިޓަލީގެ ޑިފެންޑަރު ރުގާނީއެވެ. އޭނާ ޕޮޒިޓިވްވީ މިމަހުގެ ކުރީކޮޅުއެވެ. ދެން މަޓުއިޑީއެވެ. އެއީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ޑިބާލާވެސް މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާވެސްވަނީ ޕޮޒިޓިވްވެފައެވެ.

މީގެއިތުރުން އެޓަލާންޓާގެ ގޯލް ކީޕަރު މާކޯ ސްޕޯޓެއިލޯވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅައިގެ އެންމެ ވަރުގަދަ ފަސް ލީގުވެސް މިވަނީ މެދުކަނޑާލާފައެވެ. އޭގެއިތުރުން ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުވެސް މެދުކަނޑާލާފައިވާއިރު، ޔޫރޯ 2020 ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ޔޫރަޕުގައި މިވައިރަސް އެންމެ ގަދަޔަށް ފެތުރެނީ އިޓަލީގައެވެ. އިޓަލީއިން މިވައިރަހަށް މިހާރު ފަސްދޮޅަސް ނުވަހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 6800 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ