އަނެއްކާވެސް ސްކޫލްތައް 1 ހަފްތާއަށް ބަންދުކޮށްފި

އަންނަ އާދިއްތަ ދުވަހުން ފެށިގެން އަނެއްކާވެސް ސްކޫލްތައް 1 ހަފްތާއަށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.

"މި އަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް އަޅުގަނޑު ނިންމައިފިން. އެ މުއްދަތުގެ ތެރޭގައި، ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުންވެސް ބަންދުވާނެ" ރައީސް ޞޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި މި ބަލި ފެތުރިދާނެ އެންމެހައި ދޮރުތައް ބަންދުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށްވެސް ދަންނަވަން އޮތީ، މިއަދު ތިޔަބޭފުޅުންވެސް ޢަމަލުކުރައްވަންވީ، ޞިއްޙީ ތަޖުރިބާކާރުން އެ ދެއްވާ އިރުޝާދުތަކާއި ލަފަޔާ އެއްގޮތަށޭ. އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ތިޔަބޭފުޅުންނަށްޓަކައި. ތިޔަބޭފުޅުން ކޮށްދެއްވަންވީ ކަމަކީ، ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްދެއްވުން" ރައީސް ޞޯލިހު ވިދާޅުވި އެވެ.

ދަތަތަކާއި ކުރިމަތިވިޔަސް ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ