މުއްދަތެއް ނެތްގޮތައް ސައުދީން ވައިގެ އުދުހުންތައް މެދުކަނޑާލައިފި

މުއްދަތެއް ނެތްގޮތައް ސައުދީން ވައިގެ އުދުހުންތައް މެދުކަނޑާލައިފި އެވެ.

ސައުދީ އިން ބައިނަލްއަޤްވާމީ ވައިގެ ދަތުރު ތަކާއި އެތެރޭގެ އުދުހުންތަކާއި ޕްރައިވެޓް ސެކްޓާރ އަދި ޕަބްލިކް ސެކްޓާރގެ މަސައްކަތްތައްވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ސަރުކާރުގެ އޮފީސް ތައްވެސް މުއްދަތެއް ނެތްގޮތަށް ބަންދު ކޮށްފައިވާއިރު ވެރިރަށް ރިޔާދަށާއި، ޖިޒާން ސިޓީއަށް ރޭގެ ވަގުތުތަކުގައި ވަނީ ޙަމަލާތަކެއް ދީފައެވެ. ސައުދީގެ ވައިގެ އުދުހުންތައް ކުރިންވެސް ވަނީ ހުއްޓާލައިފައެވެ. އަނެއްކާވެސް ސައުދީ ސަރުކާރުން ނިންމާފައި މިވަނީ މުއްދަތެއް ނެތް ގޮތަށް ވައިގެ އުދުހުންތައް މެދުކަނޑާލުމަށެވެ.

ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވަނީ ސައުދީގެ ޓެކްސީ ތަކާއި ޓްރެއިން އަދި ބަސް ސްޓޭސަންގެ ހިދުމަތްވެސް މެދު ކަނޑާލެވިފައި ވާކަމަށެވެ.

ސައުދީ ސަރުކާރުން މީގެ ކުރިންވެސް ބަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއްގަމު ދަތުުރު ހުއްޓާލާ، އެޤައުމުގެ އެއްގަމު ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި އެތައް މުސްލިމުންނެއް ކޮންމެ ދުވަހަކުދާ ޙަރަމްފުޅު ވެސް ވަނީ އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

ރޭގެ ވަގުތުތަކުގައި ސައުދީގައި ގޮވުންތަކެއް ގޮވާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ރޭގެ ސައުދީއަށް ދިން މިޙަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ