އައްޑޫ ސިޓީގެ ފިހާރައަކާއި ބައެއް ގެތަކުގެ ބިއްލޫރިތައް ތަޅާލައިފި

އައްޑޫ ސިޓީގެ ފިހާރައަކާއި ބައެއް ގެތަކުގެ ބިއްލޫރިތައް ރޭގެ ވަގުތެއްގައި ތަޅާލައިފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫ ފިހާރަ އަކާއި، ދެ ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާ ގެއްލުން ދީފައިވާ މައްސަލައެއް ރޭ 02:30 އެހާކަންހާއިރު، ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. ފިހާރައިގެ ބިއްލޫރި ގަނޑު ތަޅާލައިފައިވާއިރު، އެ ފިހާރައިން ވައްކަން ކޮށްފައިވާކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ބިއްލޫރިގަނޑު ތަޅާލައިފައިވާ ފިހާރައާއި ދެ ގޭގެ މީހުންނާއި އެއްވެސް ގުޅުމެއް އޮތް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުން ދާކަމަށެވެ.

މުދަލައް ގެއްލުން ދިނުމާއި ވައްކަން ކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ދަނީ ހުށައެޅެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ