އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑުގައި އެއްކޮށްފައިހުރި ޓާރފް ރަބަރު ފުނިތަކެއްގައި ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މެންދުރު 13:30 ގައި ކަމަށާއި، ޓާފް ރަބަރު ފުނިތަކުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން މިއަދު މެންދުރު 13:55 ހާއިރު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވި ނަމަވެސް، އަލިފާން ރޯވި ދަނޑަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
އައްޑޫ ހިތަދޫ ދަނޑެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، މިއަދު މެންދުރުފަހު ލ.ގަމު ގެއެއްގައި ރޯވެ އަނދާފައިވެއެވެ.



