ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 61 އަހަރުގެ މީހަކު ހާލުބޮޑުވެގެން އެމް.އެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ފަށައިފި ކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 61 އަހަރުގެ ފިރިހެނަކު ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށާފައިވާ ކަމަށެވެ.
ބަލި މީހާއާއިއެކު ހެލިކޮޕްޓާރ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ މިއަދު 11:45 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
އެމްއެންޑީއެފް އިންދަނީ އަބަދުވެސް މިފަދަ އެހީތައް ވަމުންނެވެ.





ހިޔާލު
އެމްއެންޑީއެފް ގެ އެއްޗެއްނޫން- އިންޑީޔާގެ އެއްޗެއް- ތީ ދުއްވަނީ ތީގައި އެހީތެރީންގެ ގޮތުގައި ތިބެނީ އިންޑިއާ މީހުން ، އަދި ތިއަށް ކަމެއް ކުރަން ޖެހުނަސް އެކަމެއް ކުރަނީވެސް އިންޑިޔާ މީހުން ، ތިޔަށް އެމްއެންޑީއެފްގެ މީހެއްގެ އަތެއްވެސް ނުލެވޭ – ދެން ކޮންއެމްއެންޑީއެފްއެއް