އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަން - ފޮޓޯ: ސަން

ދަންވަރު މަރަދޫއަށް އަރައި ޢާއްމުންގެ މުދަލަށް ގެއްލުންދިން ބަޔަކު ހައްޔަރުކޮށްފި

ދަންވަރުގެ ވަގުތުގައި އައްޑޫ ސިޓީ މަރަދޫއަށް އަރައި ޢާއްމުންގެ މުދަލަށް ގެއްލުންދިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 2020 މާރިޗު 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫއަށް އަރައި އާއްމުންގެ މުދަލަށް ބަޔަކު ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ 4 މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި މިމަހުގެ ފުރަތަމަ ދުވަހު ގެ ރޭ ހިންގު އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

"ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެމީހުންގެ އިތުރުން 22 އަހަރުގެ މީހެއް. މި 4 މީހުންނަކީވެސް ދިވެހި ފިރިހެނުން." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ