މާލެއިން ކަރަންޓް ކެނޑޭތީ މީޑިއާނެޓްގެ ހިދުމަތް މުޅި ރާއްޖެއަށް މެދު ކެނޑިއްޖެ

ރާއްޖޭގެ ގިނަ ރަށްތަކަށް ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުންދާ މީޑިއާނެޓްގެ ޚިދުމަތް މުޅި ރާއްޖެއަށް މެދު ކެނޑިއްޖެއެވެ.

މީޑިއާނެޓުން ވިދާޅުވީ، ކޭބަލް ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް ކެންޑިފައިވަނީ މާލެއިން ކަރަންޓް ކެންޑިފައިވާތީ ކަމަށެވެ.

މީޑިއާ ނެޓް ހުންނަ ހިސާބުގައި ކަރަންޓް ކެނޑިފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އިތުރު ޖަނަރޭޓަރެއް ބެހެއްޓުމަށް މީޑިއާ ނެޓަށް ހުއްދަ ދީފައި ނުވާތީ ކަރަނަޓް ދާ ހާލަތެއްގައި އެ ކުންފުނިން ބޭނުން ކުރަމުން ދަނީ ޔޫޕީއެސްތައް އެކަންޏެވެ.

މީޑިއާ ނެޓުން ބުނެފައި ވަނީ ކަރަންޓް ދިޔުމުގެ ސަބަބުން މީޑިއާ ނެޓްގެ ހިދުމަތް މެދު ކެނޑިފައިވާ ކަމަށާއި، ވީހާވެސް އަވަހަށް އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ