މިއަދު މެންދުރުން ފެށިގެން އިސްދޫގައި ކަރަންޓެއް ނެތް

މިއަދު މެންދުރުން ފެށިގެން ލ. އިސްދޫއަށް ކަރަންޓު ދިނުމުގައި ދަތިތަކާއި ކުރިމަތިވާން ފަށައިފިއެވެ.

މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން އިސްދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފައިސަލް ވިދާޅުވީ، އިސްދޫގައި ކަރަންޓުގެ ހާލަތު ވަރަށް ދަށްކަމަށާއި މިއަދު މެންދުރުން ފެށިގެން ރަށުގެ އެކިސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ދާކަމަށެވެ.

އަހްމަދު ފައިސަލް ވިދާޅުވީ، އިސްދޫއަކީ ބޮޑު ރަށެއްކަމަށާއި ރަށުގެ 80 އިންސައްތައިގައިވެސް މިހާރު ކަރަންޓު ނެއްކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަށް ކަރަންޓު ދިނުމަށް ތިން އިންޖީނުހުރިއިރު އެ ތިން އިންޖީނަށްވެސް މައްސަލަތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

"އެކަށީގެންވާ ވަރަށް ކަރަންޓު ނުހިފަހައްޓާތީވެ ރަށުގެ އެކި ސަރަހައްދުތަކުން މިއަދު މެންދުރުންސުރެދަނީ ކަރަންޓު ކަނޑަމުން، 24 ގަޑިއިރުގެ ތެރެއިން މިހާރު ރައްޔިތުންނަށް ކަރަންޓު ލިބެމުންމިދަނީ ހަތަރު ގަޑިއެއްހާއިރު، ފެނަކައިން މިހާރުދަނީ އިންޖީނު ހެދުމުގެ މަސައްކަތް ކުރަމުން" އަހްމަދު ފައިސަލް ވިދާޅުވިއެވެ.

ކަރަންޓު ނެތުމުގެ މައްސަލަތައް މަނަދޫގެ އިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކަށްވެސް މިރޭވަނީ ކުރިމަތިވެފައެވެ. މިގޮތުން މިރޭ 22:05 ހާއިރުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުގައި ކަރަންޓު ނެއްކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ