ފޮޓޯ: މިހާރު

ޖެނުއަރީ 1 ގެ ފަހުން މުއްދަތް ހަމަވި އައިޑީކާޑުތަކަށް ޚިދުމަތް ލިބޭނެ: ޑީއެންއާރު

މިއަހަރު ޖެނުއަރީ 1 ގެ ފަހުން މުއްދަތް ހަމަވި އައިޑީކާޑުތަކަށް ޚިދުމަތް ލިބޭނެކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވެއްޖެއެވެ.

ޑީއެންއާރުން ވިދާޅުވީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މިހާރު މެދުކަޑާލެވިފައިވާކަމަށެވެ

އަދި އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާތީ، އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދޭންވާނެކަމަށް ޑީއެންއާރު ހުރިހާ ފަރާތް ތަކަށްވަނީ އަންގާފައެވެ.

އަދި 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް މިގޮތަށް އަމަލު ކުރަމުން ގެންދިއުމަށްވެސް ޑީއެންއާރުން ވިދާޅުވިއެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން އިޢުލާނުކޮށްފައިވާ ޢާއްމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އާސަންދަ ޚިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ޙާލަތެއްގައި، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ޚިދުމަތް އެމީހަކަށް ލިބިދެވޭނެ އިންތިޒާމް އާސަންދައިން ހަމަޖައްސާފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ