ކޮވިޑް-19: ޖަޕާނުގައި ކުއްލި ހާލަތު އިއުލާން ކުރަނީ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާދިއުން ހުއްޓުވުމަށްޓަކައި ޓޯކިޔޯ ހިމެނޭ ގޮތުން ޖަޕާނުގެ އިތުރު އަށްސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާންކުރަން އެގައުމުން ތައްޔާރުވެއްޖެއެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، މާދަމާއިން ފެށިގެން ޓޯކިޔޯ ހިމެނޭގޮތުން ޖަޕާނުގެ އިތުރު ސަރަހައްދު ތަކެއްގައި ކުއްލި ހާލަތު އިއުލާން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހާލަތު މަސްދުވަހަށް ދިގުދެމިގެންދާނެ ކަމަށްވެސް ބޮޑުވަޒީރުވަނީ ވިދާޅުވެފައެވެ.

ޖަޕާނުގައި ކުއްލި ހާލަތު އިއުލާން ކުރިނަމަވެސް އެގައުމުގެ ސިޓީތައް ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ވިސްނަމުން ނުދާކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. ނަމަވެސް މިހާލަތުގެ ދަށުން ސްކޫލްތައްފަދަ ގިނަ ބަޔަކު އެއްވާ ތަންތަން ބަންދުކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ.

ހަމަމިއާއެކު ޝިންޒޯ އަބޭ ވިދާޅުވެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އެގައުމުގެ އިގުތިސާދަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި 990 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ތާރަފް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އަށް ޖަޕާނުން މިހާތަނަށް 3,654 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިރީގާގައި ޖަޕާނުން 85 މީހަކުވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ