އައްޑޫސިޓީގެ އިތުރު ދެ ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

މިއަދު އައްޑޫސިޓީގެ އިތުރު ދެ ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫސިޓީގެ އިތުރު ދެ ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިވާކަމަށާއި މިހާރު އައްޑު ސިޓީގައި ޖުމްލަ 4 ސަރަހައްދެއްގައި ކެމެރާ ހަރުކޮށްފައިވާނެ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި ހަތަރު ސަރަހައްދުގައި ފުލުހުންގެ ޖުމްލަ 8 ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނާނެކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.

މިކަމުގެ ސަބަބުން މާރާމާރީ ތަކާއި އެކްސިޑެންޓް ތަކުގެ އިތުރުން ވައްކަމާއި ފޭރުންފަދަ ކުއްތަކުގެ ހަގީގަތް ހޯދުމަށް ފަސޭހަވެގެންދާނެއެވެ. އަދި މައްސަލަތަކުގައި ފުލުހުންގެ މަސައްކަތްތަކަށް ފަސޭހަވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ