ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
އިންތި މިކަން ހާމަކުރައްވާފައިވަނީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގެ ފަހު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދާދި ދެންމެއެވެ.
އިންތި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް އޭނާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ، ބިރު ދައްކަން ކަމަށެވެ. ނަމަވެސް ފޮނުވާ ޗިޓަކަށް ބިރުން ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަ ނުދައްކާ ނުހުންނާނެ ކަމަށް އިންތި ވިދާޅުވިއެވެ.
އިމްތިޔާޒު ފަހުމީ ސްޕްރީމް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާއިރު، ހާޒިރުކުރަނީ ސީދާ ކޮން ކަމަކާ ގުޅިގެންކަން ވަނީ ސާފުވާގޮތް ނުވެފައެވެ.
އިމްތިޔާޒް ސްޕްރީމް ކޯޓަށް ހާޒިރުކުރާއިރު، ފުންނާބު އުސް ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ރާއްޖެ ޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ސޫއޫދު ވަނީ ސްޕްރީމް ކޯޓަށް ހާޒިރުކޮށްފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ގާނޫނީ ވަކީލް، މޫސާ ސިރާޖްވެސް ވޭތުވެދިޔަ ހަފްތާގައި ސްޕްރީމް ކޯޓަށް ހާޒިރުކޮށްފައިވެއެވެ.




