ރޮނާލްޑީނިއޯ ގޭ ބަންދަށް ބަދަލުކޮށްފި

ޕެރެގުއޭ ޖަލުގައި ޙައްޔަރުކޮށްފައި ހުރި ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ 1.6 މިލިއަން ޑޮލަރު ބެއިލްގެ ގޮތުގައި ދެއްކުމުންނެވެ. އެދެބެން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ 33 ދުވަހު ޖަލުގައި ހޭދަކުރުމަށްފަހުގައެވެ.

ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ޕޭކް ޕާސްޕޯޓެއްގައި ޕެރެގުއޭ އަށް އެތެރާން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ޙައްޔަރުކޮށްފައިވަނީ މާރޗްމަހުގެ 5 ވަނަ ދުވަހުއެވެ. ފޭކް ޕާސްޕޯޓުގައި އެމީހުންގެ ނަމާއި، އުފަންތަނާއި، އުފަންތާރީޚްވެސް ރަނގަޅަށް ޖަހާފައިހުރިއިރު، ޕެރެގުއޭ ރައްޔިތުން 'ނެޗުރަލައިސްޑް ސިޓިޒެން' ކަމުގައި ޕާސްޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލާގެ ތަޙުޤީޤު ކުރިއަށްދާއިރު، ޕެރެގުއޭގެ ލޯ އޮތޯރިޓީއިންދަނީ މަނީ ލޯންޑަރިންގގެ އެއްވެސް މުޢާމަލާތެއް މިމީހުން ހިންގާފައިވޭތޯ ބަލަމުންނެވެ. އެގޮތުން ދެބެންގެ ދެމެދުގައި ކުރެވިފައިވާ ފޯން ކޯލްތަކާއި މެސެޖްތައްވެސް ދަނީ ބަލަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލައިފަ އެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ އަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ