ކޮވިޑް ޖެހިގެން ރޮނާލްޑީނިިއޯ މަންމައަށް އައިސީޔޫގައި ފަރުވާދެނީ

ކޮވިޑް-19 ޖެހިގެން ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިިއޯ މަންމައަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ކުރިން ބާސެލޯނާއަށް ކުޅުނު ރޮނާލްޑީނިއޯ އެކަން ކަށަވަރުކޮށްދީފައިވާއިރު، އުމުރުން 71 އަހަރުގެ މަންމައަށް ހެޔޮ ދުޢާކޮށްދިނުމަށްވެސް ސަޕޯޓަރުންގެ ކިބައިން ރޮނާލްޑީނިިއޯވަނީ އެދިފައެވެ.

ޓްވިޓާރ މެދުވެރިކޮށް ރޮނާލްޑީނިއޯ ބުނިގޮތުގައި އޭނާގެ މަންމައަށް ފަރުވާދެމުންދަނީ އައިސީޔޫގައެވެ.

ކޮވިޑް-19 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ތިންވަނައަށް އެންމެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބްރެޒިލުންނެވެ. އެޤައުމުން ހަތްމިލިއަން ދެލައްކައަށްވުރެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެއްލައްކަ އައްޑިހަހާހަށްވުރެ ގިނަ މީހުން ބްރެޒިލުންވަނީ މަރުވެފައެވެ. މިދިޔަ އާދިއްތަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އެދުވަހު ބްރެޒިލުން 25 ހާހަށްވުރެ ގިނަ ޕޮޒިޓިވް ކޭސްވަނީ ރިޕޯރޓްކޮށްފައެވެ. އަދި 408 މީހުން އެދުވަހުވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ