ޔަމަންގެ ކަނޑުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ރެކްޓަރ މިންގަނޑުން 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ ކާލްސްބާގް ރިޖަށެވެ. ޔަމެން ހިމެނެނީ ރާއްޖެވެސް ހިމެނޭ ކަނޑުގެ ސަރަހައްދު ކަމަށްވާ ކާލްބާގު ރިޖްގައެވެ.
ރާއްޖޭގެ އުތުރުން ހަނިމާދޫއާ 1813 ކިލޯމީޓަރު ދުރުން، ކަނޑުގެ 10 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނޭކަމަށް ލަފާނުކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލިކަލް ސެންޓަރުން ވިދާޅުވިއެވެ.
https://twitter.com/MetMaldives/status/1122874801771515904
ރާއްޖެ ގަޑިން މިރޭ 19:19 ގައި އައި މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުނުކަން ނުވަތަ ނޫންކަން، އަދި ހާމަކޮށްފައި ނުވާއިރު ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައްވެސް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.