އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

ރާއްޖޭގެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ އަދު ފުވައްމުލަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މި ނިންމުން ނިންމައި އިސްލާމިކް މިނިސްޓްރީން ވަނީ ސަރކިއުލާއެއް މިއަދު ނެރުއްވާފައެވެ. ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވަނީ މިއަދު މަޣްރިބް ނަމާދުން ފެށިގެންނެވެ.

"އައްޑޫސިޓީއާއި ފުވައްމުލަކުސިޓީގައި 18 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ، އެގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަން." އިސްލާމިކް މިނިސްޓްރީގެ ސަރކިއުލާގައި ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި "للا ޖުވت&" އަދި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިދެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.

"މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަން." އިސްލާމިކް މިނިސްޓްރީގެ ސަރކިއުލާގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަންއަށް ވަކީލުކޮށް އުޅުމަށް އިސްލާމިކް މިނިސްޓަރ ވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ