މަޖިލީހުގެ މެމްބަރުން މަޖިލިސް ޖަލްސާއެއްގައި | ފޮޓޯ : ރައްޔިތުންގެ މަޖިލިސް

މިއަދު ބާއްވަން ހަމަޖެއްސި މަޖިލީހުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

މިއަދު ބާއްވަން ހަމަޖެއްސި މަޖިލީހުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާ ނުފެށި ގިނަ ވަގުތު ތަކެއް ވުމަށްފަހު މަޖިލީހުގެ އިދާރާއިން މިހާރުވަނީ މިއަދުގެ ބާއްވަން ހަމަޖެއްސި މަޖިލީހުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާކަން އިޢުލާން ކޮށްފައެވެ.

މިއަދުގެ ޖަލްސާ ނުފެށުނީ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.

ދެންމެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަމުންދާތީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ މާދަމާއަށް ފަސްކުރެވިފައިވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާ ކޯށްފައިވަނީ މިއަދު 11:00 ޖެހި އިރަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅޭ ބިލުގެ އިތުރުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގިނަ ކަންތައްތަކެއް ވަނީ އެޖެންޑާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ