އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް: ޑޭޓާއާއެކު މުޅި ދުވަހު ހިލޭ ގުޅާލެވޭ ޕެކޭޖެއް

މޯބައިލް ޑޭޓާއާއެކު މުޅި ދުވަހު ހިލޭ ގުޅާލެވޭ ޕެކޭޖެއް އުރީދޫއިން ޕްރިޕެއިޑް ކަސްޓަމަރުންނަށް ތަޢާރަފުކޮށްފިއެވެ.

އުރީދޫއިން ވިދާޅުވީ، ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން "ޑެއިލީ ޑޭޓާ ކޮމްބޯ"ގެ ނަމުގައި އަލަށް ތައާރަފުކުރި ޕެކޭޖްގެ އަގަކީ 35 ރުފިޔާކަމަށެވެ. އަދި މިއީ މި ފެށޭ ރަމަޟާން މަހަށް ހާއްސަ ކޮށްގެން އުރީދޫއިން ތައާރަފުކުރި ޕެކޭޖެއްކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

"1 ޖީބީ ޑޭޓާއާއެކު މުޅި ދުވަހު އުރީދޫ ނަންބަރުތަކަށް ގުޅާލުމަށް އަންލިމިޓެޑް ކޯލް. އާޢިލާއާއި ރައްޓެހިންނަށް ރަމަޟާން މަހުގެ ހެޔޮ އެދުންތަށް ފޮނުވައި، ޙާލުބަލާލުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހިތްޤައުމު އޮފަރއެއް." އުރީދޫއިން ވިދާޅުވިއެވެ.

އުރީދޫގެ ޑެއިލީ ކޮމްބޯ ނަގަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 1#*929* އަށް ގުޅައިގެންވެސް އެކްޓިވޭޓް ކުރެވޭނެ އެވެ. މި ޕެކޭޖުން ކޮންމެ ދުވަހަކު ވެސް ރޭގަނޑު 11:59 އާ ހަމައަށް އެއް ޖީބީގެ ޑޭޓާ ލިބޭއިރު، އުރީދޫ ހުރިހާ ނަންބަރަކަށް ވެސް ހިލޭ ގުޅާލެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ