މަޖިލީހާއި އެމްއެމްއޭ ސަރުކާރާއި ދެކޮޅުވީތޯ ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ސުވާލު ކުރައްވައިފިއެވެ.
އެތައް ސަރުކާރަކުން ފައިސާ ބޭނުންވީމާ އެމްއެމްއޭ އިން ދަޢުލަތަށް ދަރަނި ދޫކޮށްފަ ހުންނަގޮތް ފެންނާން އޮތަސް ޤާނޫނާ އެއްގޮތަށް މަޖިލީހުން އެއަށް ގޮތެއް ނުނިންމާތީ އެމްއެމްއޭ ގެ ފޮތުގާ ދަރަނި އޮންނަނީ ކަމަށާއި އެއީ ދަޢުލަތް ދަރަނިވެރި ވުމެއް ނޫން ކަމަށް ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. ރީކޯ މޫސަ ވިދާޅުވީ މަޖިލީހާއި އެމްއެމްއޭ ސަރުކާރާއި ދެކޮޅުވީތޯ އެވެ.
އެތައް ސަރުކާރަކުން ފައިސާބޭނުންވީމާ އެމްއެމްއޭ އިން ދަވްލަތަށް ދަރަނި ދޫކޮށްފަ ހުންނަގޮތް ފެންނާން އޮތަސް ޤާނޫނާއެއްގޮތަށް މަޖްލީހުން އެއަށް ގޮތެއް ނުނިންމާ ތީ އެމްއެމްއޭ ގެ ފޮތުގާ ދަރަނި އޮންނަނީ އެއީ ދަވްލަތް ދަރާއޮތުމެއްނޫން
— Reekomoosa (@ReekoMoosa) April 24, 2020
މަޖްލީހާ އެމް އެމް އޭ. ސަރުކާރާ ދެކޮޅުވީތަ
ރީކޯ މޫސަ ވިދާޅުވީ ދިވެހި ދަޢުލަތުގެ މާލިއްޔަތަކީ ރައްޔަތުންގެ އެއްޗެއް ކަމަށެވެ. އެއީ ސިޔާސީ މީހުންގެ މިލްކަކަށް ހަދައިގެން ރައްޔަތުން ބަނޑަށް ޖެހޭއިރު ޒުވާބު ނުނިމިގެން ތިބޭކަށް ނުޖެހޭ ކަމަށާއި މިތިބީ ޤާނޫނު ތަކުގައި ލިޔެވިފައި ނެތް މުސީބާތެއްގެ ތެރޭގައި ކަމަށެވެ.
މިވަގުތު ދުނިޔޭގެ އެހެންވެސް ގައުމުތައް އަމަލްކުރާ އުސޫލު ބަލަންޖެހޭ ކަމަށް ރީކޯ މޫސަ ވަނީ ވިދާޅުވެފައެވެ.
ދިވެހި ދަވްލަތުގެ މާލިއްޔަތަކީ ރައްޔަތުންގެ އެއްޗެއް އެއީ ސިޔާސީ މީހުންގެ މިލްކަކަށް ހަދައިގެން ރައްޔަތުން ބަނޑައްޖެހޭއިރު ޒުވާބުނުނިމިގެން ތިބޭކަށް ނުޖެހޭ
— Reekomoosa (@ReekoMoosa) April 24, 2020
ޤާނޫނުތަކުގާ ލިއެވިފާނެއް މުސީބާ ތެއްގެ ތެރޭ މިތިބީ މިވަގުތު ދުނިޔޭގެ އެހެންވެސް ގައުމުތަށް އަމަލްކުރާ އުސޫލު ބަލަންޖެހޭ
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި މާލިއްޔަތަށް ވަރަށް ބޮޑު ލޮޅުމެއް އައުމުން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ގައި އަންއެމްޕްލޯއިމަންޓް ރޭޓް ވަރަށް ބޮޑަށް މައްޗަށްގޮސް ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް މިކަންކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ އާއި ރ އާއި ބ ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން 1 އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާކުރުމުގެ ހުއްދައަށް މިނިސްޓަރު އެދިލައްވާފައިވެއެވެ.
ރާއްޖޭގެ އިޤްތިސާދު 2020 ވަނަ އަހަރު 5.11 އިންސައްތައިން ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 2.15 ބިލިއަން ރުފިޔާއެވެ. މި އަހަރު މިހާތަނަށް ލިބިފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.




