މަނަދޫ ޓާސްކް ފޯރސްއަށް ނޭނގި ޑިންގީއެއްގައި ނ. މަނަދޫއިން ނ.ލަންދޫއަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 28 އޭޕްރިލް ވަނަ ދުވަހު ޑިންގީގައި ލަނދޫއަށް ދިއުމުން ލަންދޫ ޓާސްކްފޯރސްް އިން ވަނީ އެމީހުން ލަންދޫ ފަޅުން ވަނަނުދީ ހުރަސްއަޅާފައެވެ. އެހެންކަމުން އެމީހުންވަނީ އެނބުރި މަނަދޫއަށް ގޮސްފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ކޯޓް އަމުރެެއްގެ ދަށުން 28 ވަނަ ދުވަހުގެ 21:25 ހާއިރު ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރާއި 39 އަހަރުގެ ދިވެހި ދިވެހި ދެ ފިރިހެނުންނެވެ.
މިހާރު މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މީގެ ކުރިންވެސް ބައެއް ރަށްރަށުން ހުއްދަނެތި ޑިނގީތަކުގައި އެކިރަށްރަށަށް އެރިމީހުން ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.




