ސިފައިންގެ ތަމްރީނުތަކެއް މާލެ އާއި ހުޅުމާލޭގައި ބާއްވަނީ

ސިފައިންގެ ތަމްރީނުތަކެއް މާލެ އާއި ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ތަމްރީނުތައް ކުރިއަށްދާނީ އާދީއްތަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 5 އާއި ހަމައަށް ކަމަށެވެ.

މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި އެކު ޙަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއާ އަވަށްޓެރި ސްރީލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ. ލަންކާ އަށް ދިން ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ