ވެލާ ރިސޯޓުން ރާއްޖެއަށް 5 ވެންޓިލޭޓަރާއި އިތުރު އެހީތަކެއް

ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ފަރާތުން ރާއްޖެއަށް 5 ވެންޓިލޭޓަރުގެ އިތުރުން ސިއްޙީ ބައެއް ސާމާނު ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިއީ ވެލާ ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަބްލިކް ގެ 2 ބިލިއަނަރު ކަމަށްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ ސިއްޙީ އެހީތެރި ކަމެކެވެ.

މި ދެ ބޭފުޅުންގެ ރާއްޖެއަށް 5 ވެންޓިލޭޓަރު، 10،000 ޓެސްޓު ކިޓާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓު ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރެއިން 10،000 ޓެސްޓު ކިޓު ހިފައިގެން މި 2 ބިލިއަނަރުން މިއަދު ރާއްޖެ އަންނާނެއެވެ. މި 2 ބޭފުޅުން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓު ޖެޓެއްގައެވެ.

ވެލާ ރިސޯޓުގެ އެއް އޯނަރުކަމަށްވާ 44 އަހަރުގެ ބިލިއަނަރު ޑެނިއަލް ކްރެޓިންސްކީ، މާރޗު މަހުގެ 12 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އޭގެ ފަހުން ކްރެޓިންސްކީ ހުންނެވީ އައިސޮލޭޝަން ގައި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ