ކަރަންޓީން ފެސިލިޓީން ފިލިމީހުންގެ މައުލޫމާތު އާންމުކުރުމާއިމެދު މިރޭ ގޮތެއް ނިންމަނީ

އައްޑު އަތޮޅު ހެރެތެރެ ރިސޯޓުގައި ކަރަންޓީން ކޮށްފައި ތިއްބާ މިއަދު އިރުއޮއްސުނުފަހުން ފިލި ފަސްމީހުންގެ މައުލޫމާތު އާންމުކުރުމާއިމެދު މިރޭ ގޮތެއް ނިންމަވާނެ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ހެރެތެރެ ކަރަންޓީން ފެސިލިޓީން މިއަދު ފިލި ފަސްމީހުންގެ މައުލޫމާތު އާންމުކުރުމާމެދު ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ގޮތެއް ނިންމަވާނެ ކަމަށެވެ.

މިމައްސަލައިގައި ފުލުހުން ވިދާޅުވެފައިވަނީ ކަރަންޓީން ފެސިލިޓީން ފަސްމީހަކު ފިލިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު އިރުއޮއްސުން ފަހުން ކަމަށެވެ. އަދި މި ފިލި ފަސްމީހުންނަކީވެސް ދިވެހިން ކަމަށާއި މިމީހުންގެ ތެރެއިން މިހާރު ތިންމީހުން ހޯދައިފައިވާ ކަމަށެވެ.

ހެރެތެރެ ރިސޯޓަކީ ކޮވިޑް-19 އާއި ގުޅިގެން ދެކުނުގައި ގާއިމްކޮށްފައިހުންނަ ކަރަންޓީން ފެސިލިޓީއެވެ. ކަރަންޓީން މުއްދަތުގައި ރިސޯޓުގައި ހުރުމާއި އަދި މިނޫންވެސް އެންމެހާ ކަންކަން ސަރުކާރުން ހަމަޖައްސައިދެމުން ދާނެއެވެ.

ކަރަންޓީން ކުރާ މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން ސަރުކާރުން ގެންނަ މީހުންނާއި، ކޮވިޑް-19ގެ ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވެފައިވާ މީހުންނާއި އަދި މާލެއިން އަތޮޅުތެރޭ ރައްތަކަށްދާ މީހުން ހިމެނެއެވެ.

މިއީ ކަރަންޓީން ފެސިލިޓީއަކުން ރާއްޖޭގައި ބަޔަކު ފިލި ފުރަތަމަ ފަހަަރުކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ