ވަޅިއަކުން މީހަކަށް ބިރުދައްކާ ފޭރެން އުޅުނު މީހަކު ހުއްޓުވާ އޭނާއަށް އަނިޔާ ކޮށްފި އެވެ.
މިރޭ އިރާކޮޅު، މާލޭގެ ޝަހީދު އަލީ ހިނގުމާއި، ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލުމާތު ފުލުހުންނަށް ލިބިގެން ގޮސް ބެލި އިރު، ބައިސްކަލެއްގައި ދިޔަ ބިދޭސި އަކަށް ދިވެއްސަކު ވަޅިން ބިރުދައްކާ އޭނާގެ އަތުން ފައިސާ ފޭރެން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުން ބުންޏެވެ.
މިބިދޭސީ މީހާއަށް ބިރު ދައްކައި ފޭރެން މަސައްކަތް ކޮށްފައިވަނީ، 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފޭރެން މަސައްކަތްކުރި ދިވެހި ފިރިހެންމީހާއަށް، ފޭރެން އުޅުނު ވަގުތު އެތަނުގައި ތިބި ބަޔަކު އޭނާ ހުއްޓުވުމުގެ ގޮތުން އަނިޔާކޮށް މާރާމާރީވަނީ ހިންގާފައެވެ. އަދި މިމާރާމާރީއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.