މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު އިރާން ބޯޓެއް އަތުލައިގެންފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
ދާދި ދެންމެ އެމްއެންޑީއެފް އިން ވިދާޅުވީ، އިރާނުގެ މި ބޯޓް އަތުލައިގެންފައިވަނީ ދިވެހި ސިފައިންނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކްކުރަން އުޅެނިކޮށް ކަމަށެވެ.
MNDF Coast Guard aai @PoliceMv gulhigen hingi joint operation eh gai, Dhivehiraajjeyge kanduge sarahadhugai masthuvaa thakethi traffic kuran ulhunu Iran ge boat eh athulaiganefi. pic.twitter.com/HrbLqGlzJa
— Maldives National Defence Force (@MNDF_Official) May 6, 2019
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، އަތުލައިގަތް ބޯޓަކީ ރާއްޖެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރާ ބޯޓެއް ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
Mi boatakee mi sarahahdhugai masthuvaathakethi fulhaa dhaaira ehgai traffic kuraa boateh kamah mauloomaathu libifaivey. Boat Malé sarahahdhah genenes balaafaaskurumah dhanee masakkaiy kuramun. Mihaathanah mi boatun gina adhadhehge masthuvaathakethi fenifaivey. 2/3
— Maldives Police (@PoliceMv) May 6, 2019
ރާއްޖެ ކަނޑުގައި މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު އިރާން ބޯޓެއް އަތުލައިގެންފައި މިވަނީ، ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް އަތުލައިގަނެފައިވަނިކޮށެވެ.