ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރުން މަސައްކަތް ކުރަނިކޮށް އަތުލައިގަތް އިރާން ބޯޓުގެ މައްސަލައިގައި 7 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ދިވެހި ސިފައިންނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކްކުރަން އުޅެނިކޮށް އިރާނުގެ ބޯޓެއް އަތުލައިގަނެ އެ މައްސަލައާ ގުޅުންހުރި 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، އަތުލައިގަތް ބޯޓަކީ ރާއްޖެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރާ ބޯޓެއް ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެ ބޯޓް މާލެ ސަރަހައްދަށް ގެނެސް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިހާތަނަށް އެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
"މިމައްސަލައިގައި 7 މީހަކު ހައްޔަރުކޮށްފައިވޭ، ކޯސްޓްގާޑުން މި ބޯޓް ހުއްޓުވާ ހިފަހައްޓާފައިވަނީ ބ އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން." ފުލުހުން ވިދާޅުވިއެވެ.
Mi massalaiga 7 meehaku hayyaru kurevifaivey. Coast guard in mi boat huttuvaa hifahattaafaivanee B atholhuge hulhangun 126 NM beyrun. 3/3 pic.twitter.com/3F0f5foZe2
— Maldives Police (@PoliceMv) May 6, 2019
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު އިރާން ބޯޓެއް އަތުލައިގަނެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާ، ހަތް މީހުން ހައްޔަކޮށްފައިވާއިރު، މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި އަދި އެޕްރީލް މަހުގެ 30 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ތިން މިލިއަން ރުފިޔާގެ ކޮކެއިން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަތުލައިގެންފައެވެ.