ފިއުލް ސަޕްލައިސް މޯލްޑިވްސް، އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން، ބޭންކް އޮފް މޯލްޑިވްސް ގެ ކާޑުތައް މެދުވެރިކޮށް ފައިސާދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން ވިދާޅުވެފައިވަނީ އެފްއެސްއެމް އިން މާލެއާއި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތަކުގައި މިހާރު ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރ ކާޑު ބޭނުން ކުރައްވައިގެން ފައިސާ ދެއްކޭނެކަމަށެވެ.
Refuelling made more convenient with BML cards! pic.twitter.com/O8VGJVt26s
— Bank of Maldives (@bankofmaldives) May 7, 2020
ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށް ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައި ވާއިރު، އެފްއެސްއެމް އިން މިހާރު ހުޅުވާފައި ހުންނަނީ އެންމެ ދެ ޝެޑްއެވެ. އެއީ ސްޓެލްކޯގެ މައި އިމާރާތް ކައިރީގައި ހުންނަ ޝެޑާއި ހުޅުމާލޭގައި ހުންނަ ޝެޑެވެ. ޝެޑްތައް ހުޅުވަނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސް ތަކުގައި ހެނދުނު 10:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން 00:00 އަށެވެ. ހުކުރު ޝެޑްތައް ހުޅުވަނީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން 00:00 އަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ އޮންލައިންކޮށް ފައިސާ އާއި ބިލްތައް ދެއްކޭ ގޮތް ހަދަމުންނެވެ. އެގޮތުން ކަރަންޓް ބިލް ތަކާއި ފެންބިލްތައްވެސް އޮންލައިންކޮށް ދެއްކުމަށް އެފަރާތްތަކުން ވަނީ އެދިލައްވާފައެވެ.
އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.




